އަމީތާބް ބަޗަންގެ މަގްބޫލު ފިލްމު "ސައްތޭ ޕޭ ސައްތާ" ގެ ރީމޭކު ހެދުމަށް ރޯހިދު ޝެޓީ އަދި ފަރާ ޚާން މިވަނީ ގުޅިފައެވެ.
ކުރިން އަޑުފެތުރުނީ ފިލްމުގައި އަމީތާބް ކުޅެފައިވާ ރޯލުން ފެނިގެންދާނީ ޝާހުރުކް ޚާން ކަމަށެވެެ.
ނަމަވެސް މިހާރު ރިޕޯޓްތައް ބުނާ ގޮތުގައި އެރޯލުން ފެނިގެންދާނީ ރިތިކް ރޯޝަންއެވެ. އަދި ފިލްމުގެ ލީޑް ބަތަލާގެ ބައިން ފެނިގެން ދާނީ ދީޕިކާ ޕަޑުކޯން ކަމަށްވެއެވެ.
މިއީ ދީޕިކާ އަދި ރިތިކް އެކީގައި ސްކްރީނުން ފެނިގެން ދާ ފުރަތަމަ ފަހަރެވެ.
މިވަގުތު ރިތިކް އޭނާގެ ފިލްމު "ސުޕާ 30" ރިލީސް ކުރުމުގެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު ދީޕިކާ އެންމެ އަވަހަށް ފެނިގެން ދާނީ މެގްނާ ގުލްޒާރުގެ "ޗަޕާކް" އަދި ކަބީރު ޚާންގެ "83" އިންނެވެ.