ޕޮލިސް

ހުޅުމާލެއިން ބަނގުރާ ފުޅިތަކެއް ފުލުހުން ހޯދައިފި

ހުޅުމާލެއިން ބަނގުރާ ފުޅިތަކެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭ ސިނާއީ ސަރަހައްދުން ބަނގުރާ ފުޅިތަކެއް ހޯދާފައިވާކަމަށެވެ.

އެމައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށާއި ނަމަވެސް އެމައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ބުންޏެވެ.