ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ޕްރިޔަންކާ މަވަނީ އޭނާގެ ބްރައިޑަލް ޝަވަރގެ ފޮޓޯތައް މިއަދު ފޭނުންނަށް ހިއްސާކޮށްފައެވެ. އެ ފޮޓޯތައް ހިއްސާކުރަމުން ޕްރިޔަންކާ ވަނީ ފިލްމް ޕްރޮޑިއުސަރު މުބީނާ ރަޓޮންސޭ އަދި އޭނާގެ މެނޭޖަރު އަންޖުލާ އަޗަރިޔާއަށް އެ ޝަވަރ ބާއްވައި ދިނީތީ ޝުކުރު އަދާކޮށްފައެވެ.
ނިއުޔޯކްގެ ޓިފަނީ ބްލޫ ބޮކްސް ކެފޭގައި ބޭއްވި މި ބްރައިޑަލް ޝަވަރގައި ޕްރިޔަންކާގެ މަންމަ އަދި އާއިލާގެ ކަނބަލުންނާއި އަންހެން ރައްޓެހިން ބައިވެރިވިއެވެ. މީގެ އިތުރުން ނިކްގެ މަންމަ އަދި ނިކްގެ އާއިލާގެ ކަނބަލުން ވެސް ބައިވެރިވެފައިވެއެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ޕްރިޔަންކާ ވަނީ އާއިލާ އަދި ރައްޓެހިންނާ އެކީ އުފާވެރި މަޖާ ވަގުތު ކޮޅެއް ހިއްސާކޮށްފައެވެ. އެންމެންވެސް ފެންނަނީ ވަރަށް އުފާވެފަ ތިބިތަނެވެ.
ޕްރިޔަންކާ އާއި ނިކް އެންގޭޖްމަންޓް ބާއްވާފައިވަނީ މިދިޔަ އޯގަސްޓް މަހު އިންޑިޔާގައެވެ. ކައިވެނި ޑިސެމްބަރުގައި ބާއްވާގޮތަށް ކުރިން ހަމަޖެހިފައި އޮތަސް ބައެއް ހަބަރުތައް ބުނާ ގޮތުގައި މިހާރު ޖެނުއަރީއަށް ކައިވެނި ވަނީ ލަސްވެފައެވެ.