ގާސިމް އިބްރާހިމް

މިހާރު އޮތް އެއްބަސްވުމުގައި އިންޑިއާއާ އެކު ރާއްޖޭން ސޮއި ކުރުމަކީ ހެޔޮވާވަރުގެ ކަމެއްނޫން: ގާސިމް

އިބްރާހިމް ޒަކީ

1

އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކުރަން ނިންމައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެގްރީމެންޓް (ޓްވީޓީ) ގައި ރާއްޖެއިން ސޮއި ކުރުމަކީ ހެޔޮވާވަރުކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓަންސް އިން ކްރިމިނަލް މެޓަރސް" ގައި ރާއްޖެއިން ސޮއިކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްޓަކައި ފޮނުއްވާފައިވާ މައްސަލައާ ގުޅިގެން ގައުމީ ސަލާމަތު ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ ރިޕޯޓަށް ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، މި އެއްބަސްވުމަކީ މިހާރު އޮތް ގޮތުން ރާއްޖެއަށް ވަރަށްބޮޑު ނިކަމެތި ކަމެއް ލިބިދާނެ އެއްބަސްވުމެއް ކަމަށެވެ.

އަދި މި އެއްބަސްވުމުގެ ނިވަލުގައި ގައުމުގެ އިސްތިގުލާލާއި އަމާންކަމަށް ބޮޑެތި ކަންތައްތަކެއް ދިމާވެދާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، މި އެއްބަސްވުމުގައި ވާގޮތުން، ރާއްޖެއަށް ބަޔަކު ފޮނުވައިގެން ޓެރަރިޒަމްގެ އަމަލެއް ހިންގުމަށްފަހު ރާއްޖޭގެ މުއައްސަސާތަކަށް ފިޔަވަޅު ނޭޅޭ ގޮތަށް އެމީހުން ރާއްޖެއިން ގެންދިއުމުގެ ފުރުސަތު އިންޑިއާއަށް ލިބިގެންދާ ކަމަށެވެ.

"ބަޔަކު ޓެރަރިޒަމްގެ ކަންތައްތަކެއް ހިންގަން ފޮނުވައިފަ މިތަނުގެ ހުރިހާ ކަންތައްތައް ހަލާކުކޮށްލައިފަ އެމީހުން އަންގަންވީ ޓްވީޓީގެ ދަށުން ތަހުގީގެއް ނުކުރެވޭނެއޭ ޓްވީޓީގެ ދަށުން އެމީހުން އަވަހަށް ފޮނުވާލަދޭށޭ، މި ޓްވީޓީގެ ދަށުން އެމީހުން ޖެހޭނީ ފޮނުވަން. މުއައްސަސާތަކަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، މި ޓްވީޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވަން ގައުމީ ސަލާމަތު ކޮމިޓީން ފާސްކޮށްފައި ވަނީވެސް ކޮމިޓީގައި ތިއްބެވި 13 މެންބަރުންގެ އަޣުލަބިއްޔަތުން ނޫން ކަމަށެވެ. ކޮމިޓީގައި 13 މެންބަރުން ތިއްބަވާއިރު، ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ، 5 މެންބަރުން ވޯޓު ދެއްވައިގެން ކަމަށްވެސް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، މި އެއްބަސްވުން ދިރާސާ ކުރުމުގެ މަސައްކަތް ކޮމިޓީގައި ކުރިއަށްދިޔައިރު، ކޮމިޓީގެ މުގައްރިއު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީވެސް ކަންތައް ކުރައްވާފައިވަނީ ވަރަށް ހުދުމުހުތާރު ގޮތެއްގައި ކަމަށެވެ.

އެގޮތުން އެ އެއްބަސްވުމާމެދު ސުވާލު ކުރުމަށް އެޓާނީ ޖެނެރަލް އާއި ޕްރޮސިކިއުޓާ ޖެނެރަލް އާއި އެމްއެމްއޭގެ އިސްވެރިން ކޮމިޓީއަށް ހަޒިރުކޮށް މެންބަރުން ކުރެއްވި ގިނަ ސުވާލުތަކަށް ޑިކްޓޭޓާޝިޕެއް ގޮތަށް ޖަވާބު ދެއްވީވެސް މުގައްރިރު ކަމަށް ގާސިމް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟