އިބްރާހިމް ޒަކީ
ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ ހަތްވަނަ ފަންގިފިލައިން އެއްޗެހިތަކެއް ބައިލަނިކޮށް ލިފްޓުގެ ކޭބަލް ކަނޑައިގެންގޮސް ވެއްޓުމުގެ ސަބަބުން މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، ހުޅުމާލެ ސެންޓްރަލް ޕާކުގެ ދެކުނު ފަރާތުގައި "ޖާހު އިންވެސްޓްމެންޓު" އިން ހަދަމުން އަންނަ އިމާރާތުގެ ހަތްވަނަ ފަންގިފިލައިިން ލިފްޓު ބޭނުންކޮށްގެން އެއްްޗެހިތަކެއް ބައިލަން އުޅުމުގެ ތެރޭގައި ލިފްޓު ކޭބަލް ކަނޑައިގެންގޮސް މީހަކާއެކު ވެއްްޓިފައިވާކަމަށެވެ.
އެމައުލޫމާތު ލިބުނީ މިއަދު ހެނދުނުގެ ވަގުތެއްގައިކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ ހާދިސާގައި ވެއްޓިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށެވެ. އޭނާއަށް ފަރުވާ ދިނުމަށްޓަކައި މިއަދު ހެނދުނު ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
މިހާދިސާގައި އެމީހާއަށް ލިބިފައިވާ އަނިޔާތަކާބެހޭ މައުލޫމާތެއް ފުލުހުން ނުދެއްވައެވެ.