ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ޑިމޮކްރަސީއަށް އާ ދިރުމެއް ގެނެސް ގައުމު ސަލާމަތްވީ ވޯޓުފޮށިން ދިން އުންމީދުން: މާރިޔާ

1

ޑިމޮކްރަސީ ފަނޑުވަމުން ދަނިކޮށް، ޑިމޮކްރަސީއަށް އާ ދިރުމެއް ގެނެސް ގައުމު ސަލާމަތްވީ ވޯޓް ފޮށިން ލިބިގެންދިޔަ އުންމީދުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އިންޓަނޭޝަނަލް އިލެކްޓޯރަލް އެފެއާޒް ސިމްޕޯސިއަމްގައި ވާހަކަދައްކަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ އަޅުގަނޑުމެންގެ އަމިއްލަ ފަސްގަނޑޭ މިކިޔާ ޖަޒީރާ ރާއްޖޭގައި ޑިމޮކްރަސީ ފަނޑުވަމުން ދަނިކޮށް އެއަށް އާ ދިރުމެއް ގެނެސް، އާޚިރުގައި ގައުމު ސަލާމަތްވީ ވޯޓު ފޮށިން ލިބިގެންދިޔަ އުންމީދުން ކަމަށެވެ.

މިނިސްޓަރު މާރިޔާ މިފަދައިން ވިދާޅުވިއިރު، ނިމިދިޔަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި އެންމެ ގިނަ ރައްޔިތުން ވޯޓް ދީފައިވަނީ އެމްޑީޕީއަށެވެ. އަދި ކައުންސިލް އިންތިޚާބުގައިވެސް އެމްޑީޕީއަށް ވަނީ މެޖޯރިޓީ ލިބިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟