ކުޑަކުދީންނަށް ކުރާ އަނިޔާ

ހަތަރު އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީ އަކު ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ބިދޭސީ އަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ 16:00 ހާއިރު ކަމަށެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ބިދޭސީ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން މި މީހާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގައި ކުޑަ ކުއްޖަކު ހިމެނޭތީ އެކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ފުލުހުން އެކުއްޖާއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެއެވެ.