މުޙައްމަދު އަސްލަމް

އައްޑޫ ބިން ހިއްކުމާއި މަގުހެދުމުގެ ޕްރޮޖެކްޓަކާބެހޭ ލިޔުންތައް މިއަދު އެގްޒިމްބޭންްކަށް ފޮނުވާނަން: މިނިސްޓަރު

އައްޑޫ ސިޓީގެ ބިން ހިއްކުމާއި މަގު ހެދުމާބެހޭ ޓާމްސް އޮފް ރެފަރެންސް ތައްޔާރުކުރުމަށްފަހު މިއަދު އިންޑިއާއަށް ފޮނުވާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ ސިޓީގެ ބައެއް ޕްރޮޖެކްޓްތަކާބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެތެރެއިން ކަމަށާއި، އިންޑިއާގެ އެގްޒިމް ބޭންކުގެ ފައިސާއިން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެގްޒިމް ބޭންކުގެ އެޕްރައިޒަލް ތައްޔާރުކޮށް ނިމުނުހާ އަވަހަކަށް އެ ޕްރޮޖެކްޓްތައް ފެށޭނެ ކަމަށެެވެ.

މިނިސްޓަރު ވިދާޅުވީ، އައްޑޫއަށް ބޭނުންވާ 158 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތަކަށް ބަޖެޓުގައި ކަނޑައަޅާފައިވާ ފައިސާ އަކީ އެ މަސައްކަތް ނިންމާލެވޭވަރުގެ ފައިސާއެއްް ނޫން ކަމަށެވެ.

އެހެންކަމުން އެ ޕްރޮޖެކްޓާއެކު އައްޑޫގެ އެފަދަ އެހެން ޕްރޮޖެކްޓުތައް ކުރިއަށް ގެންދަން ސަރުކާރުން ނިންމާފައިވަނީ، އިންޑިއާގެ އެގްޒިމް ބޭންކުން ދޭ އެހީގެ ދަށުންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.