މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން

މެއި މަހުގެ ނިޔަލަށް ގްރީން ޓެކްސް ފަންޑުގައި 286 މިލިއަން ރުފިޔާ

މިއަހަރުގެ މެއިމަހުގެ ނިޔަލަށް ގްރީން ޓެކްސް ފަންޑުގައި 286 މިލިއަން ރުފިޔާ އެބަހުރި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ގްރީން ޓެކްސްގެ ގޮތުގައި އެންމެ ގިނަ ފައިސާ ދައްކާފައިވަނީ ކ. އަތޮޅުންނެވެ. އަދި ދެވަނައަށް އދ. އަތޮޅުން ގްރީންޓެކްސް ދެއްކި އިރު ތިންވަނައަށް ބ. އަތޮޅު، އަދި ހަތަރު ވަނައަށް އެންމެ ގިނައިން ގްރީން ޓެކްސް ދައްކާފައިވަނީ ރިސޯޓުތަކާއި ހޮޓެލް އަދި ގެސްޓްހައުސްތަކުންނެވެ.

ކ. އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި 28 މިލިއަން ރުފިޔާ ދައްކާފައިވެއެވެ. އަދި މާލެ އަތޮޅުގެ ރިސޯޓުތަކުން 27 މިލިއަން ރުފިޔާ ދައްކައިފައިވާއިރު، އަތޮޅުގެ ގެސްޓު ހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައި ވަނީ 184،688 ރުފިޔާ އެވެ.

އދ. އަތޮޅުން ދައްކާފައިވަނީ 10 މިލިއަން ރުފިޔާއެވެ. އދ. އަތޮޅުގެ ރިސޯޓުތަކުން 988،380 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވާ އިރު، އެ އަތޮޅުގެ ގެސްޓު ހައުސްތަކުން ދައްކާފައި ވަނީ 245،127 ރުފިޔާ އެވެ. ބ. އަތޮޅުން 6 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވެއެވެ. ބ. އަތޮޅުގެ ރިސޯޓުތަކުން 5،790،590 ރުފިޔާ، އަދި އެ އަތޮޅުގެ ހޮޓެލްތަކުން 297،492 ރުފިޔާ، އަދި އަތޮޅުގެ ގެސްޓް ހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި 149،614 ރުފިޔާ ވަނީ ދައްކައިފައެވެ.

ރިސޯޓު، ހޮޓެލް އަދި ގެސްޓްހައުސްތަކުން މެއި މަހު ގްރީން ޓެކުހުގެ ގޮތުގައި ޖުމްލަ 75 މިލިއަން ރުފިޔާ ދައްކާފައިވާ އިރު ލިވަބޯޑުތަކުން ދައްކާފައިވަނީ 2.3 މިލިއަން ރުފިޔާއެވެ.