ޗިތްރަންގްދަ ސިންގްގެ ފިލްމު ބާޒާރު ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދައިފި އެވެ.
ގޯރަވް ޗައުލާ ޑައިރެކްޓްކުރި މިފިލްމް ރިލީސްކޮށްފައި ވަނީ މި މަހުގެ 26ގަ އެވެ. ބޮލީވުޑްގެ ނަވާބް، ސައިފް އަލީ ޚާން އާ އެކީ ޗިތްރަންގްދަ ބާޒާރުގެ ލީޑުރޯލުން ފެނިގެންދާއިރު އެ ފިލްމްގައި އޭނާގެ ރޯލަކީ ވަރަށް ސްޓްރޯންގް-ހެޑެޑް އަންހެނެއްގެ ރޯލެވެ. ފިލްމްގައި ޗިތްރަންގްދަ އަކީ އިންޑިޕެންޑެންޓް އަންހެނެކެވެ. އަދި ޒިންމާދާރު މަންމައެކެވެ. މިއާ އެކު ޕާފެކްޓް އަންބެކެވެ.
ފިލްމާ ގުޅޭ ގޮތުން ޗިތްރަންގްދަ މީޑިއާ އަށް ދިން އިންޓަވިއުގައި ބުނި ގޮތުގައި ބާޒާރު ފިލްމަކީ ވަރަށް އަވަހަށް ނެގި ޑިޒިޝަން އެކެވެ. އެ ފިލްމްގައި ޗިތްރަންގްދަ ކުޅުނު ކެރެކްޓަރ މަންދިރާގެ ބަޔަކީ ޒިންމާދާރު އަދީ ލޯބި އަންހެނެއްގެ ބަޔަށް ވުމުން އެބައި ކުޅެން ލިބުމުން އުފާވި ކަމަށެވެ. ފިލްމްގައި މަންދިރާގެ ކެރެކްޓަރަކީ ފިލްމްގެ ސްޓޯރީ ފްލޯ ކުރަން މުހިއްމު ބައެއް ކަމަށްވެސް ޗިތްރަންގްދަ ވަނީ ބުނެފައެވެ.