ގދ. ރަތަފަންދޫގައި ރޭ މެންދަމު ޝައްކުކުރެވޭ ގޮތަކަށް އަންހެނަކުމަރުވެފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ރޭ މެންދަަމު 2:44 ހާއިރު ރަތަފަންދޫ ސިއްހީމަރުކަޒަށް ގެންދިޔަ 44 އަހަރުގެ އަންހެނަކު މަރުވެފައިވާކަމުގެ ރިޕޯޓް ހެލްތު ސެންޓަރުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.
މިއަންހެންމީހާ ހެލްތް ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް ހެލްތް ސެންޓަރުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އެމައްސަލައިގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ވެސް ބުނެފައިވެއެވެ.