ގިނަ ދުވަސްތަކެއްގެ އިންތިޒާރަށްފަހު ކަންގްނާ ރާނޯތް އަދި ރާޖްކުމާރު ރާއޯ ލީޑް ރޯލުން ފެނިގެންދާ ފިލްމު ޖަޖްމެންޓަލް ހެއި ކިޔާގެ ޓްރެއިލާ އިއްޔެ ރިލީސްކޮށްފިއެވެ.
ފިލްމުގައި ކަންގްނާ ކުޅެނީ ބޮބީ ކިޔާ މީހެއްގެ ރޯލެވެ. އަދި ރާޖްކުމާރު ރާއޯ ގެ ރޯލަކީ ކޭޝަވް އެވެ. ފިލްމުގައި މީހަކު މަރުވެގެން އެމީހާގެ މަރުގެ ތަހުގީގު ހިންގައެވެ. އެ މަރުގެ ތުހުމަތުކުރަނީ ކަންގަނާ އަދި ރާޖްކުމާރުގެ މައްޗަށެވެ.
ފިލްމުގައި ކަންގްނާ ވެސް އަދި ރާޖްކުމާރުގެވެސް ފެނިގެން ދަނީ މުޅިން ތަފާތު އެކްޓިންއެކެވެ.
ކަނިކާ ދިލޮން ފިލްމުގެ ސްކްރިޕްޓް ލިޔެފައިވާއިރު ފިލްމު ޑައިރެކްޓްކޮށްފައިވަނީ ޕްރަކާޗް ކޮވެލަމުދީ އެވެ. ޓްރެއިލާގައި "ދުނިޔާ މެއިން" ލަަވައިގެ ރިމިކްސް ވާޝަންއެއް އަޑުއިވިގެންދެއެވެ.
ޖަޖްމެންޓަލް ހެއި ކިޔާ، މިހާތަނަށް އައި އިރު ފިލްމަށް ތަފާތު ގޮންޖެހުންތައް ކުރިމަތިވެ އެކި ކަހަލަ ފާޑުކިޔުންތައް ވަނީ ރައްދުވެފަ އެވެ. ފިލްމަށް އެންމެ ފުރަތަމަ ކީ ނަމަކީވެސް "މެންޓަލް ހެއި ކިޔާ" އެވެ. ނަމަވެސް މެޑިކަލް މީހުންގެ ފަރާތުން ލިބިގެންދިޔަ ފާޑުކިޔުންތަކާއެކު ފިލްމުގެ ނަންބަދަލުކުރީއެވެ.
މި ފިލްމު ރިލީސް ކުރަނީ މިމަހު 26 ގައެވެ.