މީހުން ދިރިއުޅޭ ރަށްރަށުގައި ގެދޮރު އިމާރާތްކުރުމަށް ކުޑަ އިންޓްރަސްޓަކާއެކު ވަރަށް އަވަހަށް ލޯނު ދޫކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން މިއަދު ވިދާޅުވީ މިސަރުކާރުން ވެރިކަމާ ހަވާލުވުމާއެކު ގެދޮރު އެޅުމަށް ކުޑަ އިންޓްރެސްްޓް ރޭޓަކާ އެކު ލޯނު ލިބޭނެ ގޮތް ފަހިކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން އެކި ބޭންކުތަކާއެކު މަޝްވަރާކޮށް، މިހާތަނަށް އެމްއެމްއޭ އާއެކު ތިން ބައްދަލުވުމެއް ބާއްވައި، މަޝްވަރާތައް ނިމިފައިވާކަމަށް ޝާމިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 5 ޕަސެންޓް ނުވަތަ 6 ޕަސެންޓާއެކު ލޯނު ދޫކުރަން ފަށާނެ ކަމަށެވެ.