ކ. ދިއްފުށީ ސިއްހީ މަރުކަޒުގެ ދެ ނަރުހަކު ސަސްޕެންޑްކޮށްފިއެވެ.
ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ދިއްފުށީ ސިއްހީ މަރުކަޒުގެ ދިވެހި ދެ ނަރުހަކު ސަސްޕެންޑް ކޮށްފައިވާކަމަށެވެ. އަދި އެމައްސަލަ މިނިސްޓްރީން ބަލަމުން އަންނާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ހެލްތް މިނިސްޓްރީން ބުނީ ދިއްފުށީ ސިއްހީ މަރުކަޒުން ބަލި މީހަކަށް ފަރުވާ ދިނުމުގައި ބަލަންޖެހޭ މިންގަނޑުތަކަށް ނުބަލައި ފަރުވާ ދިނުމުގެ ހާދިސާއެއް އެމިނިސްޓްރީއަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި ފަރުވާ ދިނުމުގެ މިންގަނޑާއި ހިލާފަށް ކަމެއް ހިނގާފައިވާނަމަ އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ދިއްފުށީ ސިއްހީ މަރުކަޒަށް ފަރުވާ ހޯދަން މިދިޔަ ޖޫންމަހުގެ 24 ވަނަ ދުވަހުގެރޭ ދިޔަ މީހަކަށް ފަރުވާ ދިނުމުގައި ބަލަންޖެހޭ މިންގަނޑަށް ނުބަލައި ފަރުވާދިން މައްސަލަ މިހާރު އަންނަނީ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ބަލަމުންނެވެ.