ކުޑަކުދިންގެ ހިޔަލުގައި ހުއްޓާ ގެއްލުނު އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ގެއެއްގެ ތެރެއިން ހޯދައި ފުލުުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ކޮމިޝަނަރު އޮފް ޕޮލިސް، މުހައްމަދު ހަމީދު ދާދި ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝައިމް ފުލުހުންގެ ބެލުމުގެ ދަށަން ގެންދިޔައީ ބާރުގެ ބޭނުންކޮށްގެން ގެޔަކަށް ވަދެގެން ކަމަށެވެ. އޭނާ ފުލުުހުންގެ ބެލުމުގެ ދަށަން ގެންދިޔައީ މާލޭގެ ގެއެއްގެ ތެރޭގައި ފިލައި އޮއްވަ އެވެ.
ޝައިމް ގެއްލިފައި ވަނީ ކުޑަކުދީންގެ ހިޔާގައި ހުއްޓައި މި މަހުގެ 18 ވަނަ ދުވަހު އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ޝައިމް ގެއްލުނު މައްސަލައިގައި، ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީ އަށް އަދި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.