އިބްރާހިމް ޒަކީ
ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ފަހަކުން ހަތަކަށް އިތުރުކުރުމަށް، ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މަޖިލީިހަށް ހުށަހެޅުއްވި މި ބިލުގައި އިސްލާހު ހުށަހަޅުއްވާފައިވަނީ ކޯޓު ތަކާބެހޭ ގާނޫނުގެ ފަސްވަނަ މާއްދާއަށެވެ.
މި އިސްލާހުގައި ބުނެފައިވަނީ، ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު އެކުލެވިގެން ވަނީ، އުއްތަމަ ފަނޑިޔާރާއި، އެކޯޓަށް އައްޔަން ކުރެވޭ އިތުރު ހަ ފަނޑިޔާރުންނާއެކު ޖުމްލަ ހަތް ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ.
ދެހާސް ދިހަވަނަ އަހަރު އެންމެ ފުރަތަަމަ ފާސްކުރި ކޯޓުތަކުގެ ގާނޫނުގެ ފަސްވަނަ މާއްދާގައިވެސް ކަނޑައަޅާފައިވަނީީ، ސުޕްރީމް ކޯޓުގެ ބެންޗްގައި 7 ފަނީޑޔާރުން ހިމެނޭގޮތަށެވެ.
ނަމަވެސް 2014 ވަނަ އަހަރު ކޯޓުތަކުގެ ގާނޫނަށް އިސްކލާހު ގެނަސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ވަނީ ފަސް ފަނޑިޔާރުންނަށް ބަދަލުކޮށްފައެވެ.
އަލީއާޒިމް ހުށަހަޅުއްވާފައިވާ މި އިސްލާހުގައި ބުނެފައިވަނީ، ގާނޫނުއަަސާސީގެ 145 ވަނަ މާއްދާގައި ބަޔާންކުރާ ދާއިމީ ސުޕްރީމް ކޯޓު 2010 ވަނަ އަހަރު އެކުލަވާލުމަށްޓަކައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދކީ 7 ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައި އެކުލަވާލާފައި ވަނިކޮށް 2014 ވަނައަހަރު ސިޔާސީ މަގުސަދަކަށްޓަކައި އޭރުގެ ސުޕްރީމްކޯޓުގައި ތިއްބެވި 7 ފަނޑިޔާރުންގެ ތެެރެއިން ދެ ފަނޑިޔާރުން މަގާމުން ވަކި ކުރުމަށްޓަކައި ކޯޓުތަކުގެ ގާނޫނަށް އިސްލާހުގެނަސް ފައިވާކަމަށެވެ.
އެހެންކަމުން މި އިސްލާހަކީ ކޯޓުތަކާ ބެހޭ ގާނޫނަށް ހުށަހެޅި މި އިސްލާހަކީ ކުރީގައި އެ ގާނޫނުގައި ބުނެފައިވާ އަދަދަށް ސުޕްރީމް ކޯޓުގެ ބެންޗް އަލުން ރުޖުއަ ކުރުމަށް ހުށަހެޅި އިސްލާހެއް ކަމަށްވެސް ބުނެފައިވެއެވެ.