ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ޒީރޯ ޓޮލަރެންސް ކޮރަޕްޝަން ގަރާރުގައި ސޮއިކޮށްފިއެވެ.
ޒީރޯ ޓޮލަރެންސް ކޮރަޕްޝަން ގަރާރުގައި ފެނަކައިގެ ހުރިހާ މުވައްޒަފުން ސޮއި ކުރިކަމަށް ވިދާޅުވީ ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ސައީދު ވިދާޅުވީ ފެނަކައިގެ ހުރިހާ މުވައްޒަފުން މިއަދުގެ ވަގުތެއްގައި ޒީރޯ ޓޮލަރެންސް ކޮރަޕްޝަން ގަރާރުގައި ސޮއި ކުރުމަކީ ލިބިވަޑައިގެންނެވި އުފަލެއްކަމަށެވެ.
މި ސަރުކާރުން ކޮރަޕްޝަނާ މެދު ގެންގުޅޭނީ ޒީރޯ ޓޯލަރެންސް ޕޮލެސީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވެއެވެ.