މަޝްހޫރު ކޭ-ޕޮޕް ބޭންޑް ބީޓީއެސްގެ މޯބައިލް ގޭމް ތައާރަފުކޮށްފިއެވެ.
ކޮރެއާގެ ކޭ-ޕޮޕް ބޭންޑް ބީޓީއެސް އިން ތައާރަފުކުރި އެބޭންޑްގެ މޯބައިލް ގޭމްގެ ނަމަކީ ބީޓީއެސް ވޯލްޑް އެވެ. ގޭމް ކުޅޭ ފަރާތުގެ ރޯލަކީ ބީޓީއެސްގެ މެނޭޖަރެއްގެ ރޯލެވެ.
ދެކުނު ކޮރެއާގެ އެންމެ ބޮޑު މޯބައިލް ގޭމް ކުންފުނި ނެޓްމާބަލް އިން އުފެއްދި މިގޭމް ރަސްމީކޮށް ލޯންޗުކޮށްފައިވަނީ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ
ބީޓީއެސް ވޯލްޑް މޯބައިލް ގޭމް މިހާރު އެންޑްރޮއިޑް އަދި އައިއޯސް އިން ޑައުންލޯޑް ކުރެވޭނެއެވެ.
ކޮރެއާގެ ބީޓީއެސް ބޭންޑުގެ ފޭން ބޭސް މިހާރު 1.44 މިލިޔަނަށް އަރައެވެ. ބީޓީއެސްގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ އެބޭންޑުން ނެރުނު ދެ އަލްބަމެއް ދެ މިލިޔަނަށްވުރެ ގިނަ ކޮޕީ ވިކި ބިލްބޯޑު ޗާޓަށް އެރުމެވެ.