މިއަހަރު ރޯދަ މަހު، އަގުބޮޑު އިނާމުތަކަކާއެކު ކުރިއަށް ގެންދިޔަ ރެއިންބޯ ރޯދަ ސޭލްގެ ނަސީބުވެރިން ހޮވައިފި އެވެ.
ކޮންމެ އަހަރަކުވެސް ރޯދަމަހާއި ދިމާކޮށް ރެއިންބޯއިން ކުރިއަށް ގެންދާ ރެއިންބޯ ރޯދަ ސޭލްގެ މިއަހަރުގެ ނަސީބުވެރިޔާ ހޮވާފައިވަނީ ރޭ މިކަމަށް ހާއްސަކޮށްގެން ބޭއްވި ހަފުލާއެއްގައެވެ. ރެއިންބޯގެ މި ޕްރޮމޯޝަންގައި 500 ރުފިޔާއަށް ވުރެ ގިނައިން ރެއިންބޯގެ ފިހާރަޔަކުން ވިޔަފާރި ކުރި ހުރިހާ މީހުން ރެއިންބޯއިން ވަނީ ހިމަނައިފައެވެ.
ތިން ފަރާތަކަށް އުމްރާ ދަތުރު ލިބޭ ގޮތަށް މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ 25 މާޗުން ފެށިގެން 31 މެއިގެ ނިޔަލަށެވެ. މިގޮތުން ރެއިންބޯ އެންޓަރޕްރައިސަސްގެ ފަރާތުން ހިންގާ، ރެއިންބޯ ލިވިންގް މޯލް، ރެއިންބޯ ބިލްޑްވެއަރ، ރެއިންބޯ ޝޮޕް، ރެއިންބޯ ތިނަދޫ، ރެއިންބޯ އޮފީސް ސިސްޓަމް އަދި ރެއިންބޯ އޮންލައިން ސްޓޯރ އިން ވިޔަފާރި ކުރި މީހުން މި ޕްރޮމޯޝަންގެ ގުރުއަތުގައި ހިމަނައިފައިވެއެވެ.
ރެއިންބޯއަކީ އެކި އެކި މުނާސަބަތުތަކާ ގުޅިގެން ބޮޑެތި އިނާމުތަކާއެކު ސޭލްތައް ކުރިއަށް ގެންދާ ތަނެކެވެ. ހާއްސަކޮށް ބޮޑެތި އިނާމްތައް ހިމަނައިގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހަށް ހާއްސަ ކޮށްގެން އެތަނުން ކުރިއަށް ގެންދާ ސޭލް ފާހަގަ ކޮށްލެވެއެވެ.