ބޮލީވުޑް ތަރި ޒާއިރާ ވާސިމް އެންމެ އަވަހަށް ފެނިގެންދާނީ ޝޮނާލީ ބޯސްގެ "ދަ ސްކައި އިސް ޕިންކް" އިންނެވެ.
ބޮލީވުޑަށް އަލަށް ނުކުތް ތަރިންގެ ތެރެއިން އެންމެ ޓެލެންޓެޑް އެއްތަރި ކަމަށްވާ ޒާއިރާ މިވަނީ އިންސްޓަގްރާމުގައި އޭނާ ބޮލީވުޑާ އަލްވަދާއު ކިޔާވާހަކަ ހިއްސާކޮށްފައެވެ.
ޒާއިރާ ހިއްސާކުރި ޕޯސްޓުގައި ވަނީ ބޮލީވުޑަށް ވަނުމުގެ ސަބަބުން އޭނާގެ ދިރިއުޅުން ބަދަލުކޮށްލި ވާހަކަ ކިޔައިދީފަ އެވެ. އޭނާއަށް ލިބުނު ލޯތްބާއި އެއްބާރުލުމުގެ ވާހަކަވެސް އެ ޕޯސްޓުގައި ވެއެވެ. އޭގެ އިތުރުން ފިލްމީ ދާއިރާއަށް އޭނާ ފިޓްވި ކަމުގައިވިއަސް އެދާއިރާ އަކީ އޭނާއަށް އޮތް ދާއިރާއެއް ކަމަށް ގަބޫލު ނުކުރާކަމަށް ވަނީ ބުނެފައެވެ. އަމިއްލައަށް ކުރެވެނީ ރަނގަޅު ކަމެއްކަމުގައި ހިތާހިތާ ބުނަމުން ދިޔަ ނަމަވެސް ދިރިއުޅުމުގައި ހުރިހާ "ބަރަކާތެއް" ގެއްލިގެން ދިޔަ ކަމަށް ޒާއިރާވަނީ ބުނެފައެވެ.
ދަ ސްކައި އިސް ޕިންކްގެ ޝޫޓިން ޒާއިރާ ފެށީ މިދިޔަ ޖުލައިގައެވެ. މިހާރު ފިލްމުގެ ޝޫޓިން ނިމިފައިވާއިރު އެ ފިލްމުގައި ޕްރިޔަންކާ ޗޯޕްރާ، ފަރްހާން އަހްތަރު އަދި ރޯހިތް ސަރަފް ލީޑް ރޯލުން ފެނިގެން ދާނެއެވެ.