ސަލްމާން ޚާން އަކީ އަބަދުވެސް އިޖުތިމާއީ އަދި އިންސާނީ ކަންކަމުގައި ހިތްހެޔޮ ރަނގަޅު މީހެއްގެ ގޮތުގައި ލޭބަލް ވެފައިވާ ތަރިއެކެވެ.
ކުޑަ ދުވަސްކޮޅަކަށް މީސްމީޑިއާއާ ދުރުވެލާފައި މިހާރު ސަލްމާން މީސްމީޑިއާގައި ވަރަށް އެކްޓިވްއެވެ.
ހާއްސަކޮށް ފޭނުންނަށް އަމާޒުކޮށްގެން އެމީހުނާ ގުޅޭ އެކި ކަހަލަ ވީޑިއޯ ޕޯސްޓު ކުރުމަކީ ސަލްމާންގެ މިހާރުގެ އާދައެކެވެ. ނަމަވެސް ބައެއް ވީޑިއޯތަކުން އޭނާއަށް ގެއްލުންވާއިރު ބައެއް ވީޑިއޯތަކުން އޮހެނީ ތައުރީފެވެ. މިދޭތެރެއަކުން ޒިގް ޒެގްކޮށް މުމްބާއީގެ މަގުމަތީގައި ދުއްވަނިކޮށް ނަގާފައިވާ ވީޑިއޯ ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައެވެ.
މިހާރު ސަލްމާން މިވަނީ ވަރަށް ލޯބި ކަމެއް ކޮށްލާފައެވެ. ކުޑަ އަންހެން ކުއްޖެއް ހިލް އޭރިއާގައި ސްޕީޗްދޭ މަންޒަރެއް ވީޑިއޯކޮށް އެ ވީޑިއޯ މިވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ. ވީޑިއޯ ލި އިރު އޭގެ ކެޕްޝަނުގައި ވަނީ "ބައްޗޭ ބައްޗޭ މެއިން ހޭ #ބާރަތް"
ވީޑިއޯގައި ސަލްމާން ހުރީ ކުއްޖާގެ ކުރިމައްޗަށްވާ ގޮތަށެވެ. ކުއްޖާ ހުރީ އޭނާގެ ސްޕީޗަށް ގެއްލިފައެވެ.
ސަލްމާންގެ ފަހު ފިލްމު ބާރަތް ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ. އައްބާސް ޒަފަރު ޑައިރެކްޓް ކުރި އެ ފިލްމުގައި ދިޝާ ޕަޓަނީ، ސުނިލް ގްރޯވަރު، ޖެކީ ޝްރޮފް، ތާބޫ އަދި ނޯރާ ފަތޭހީ ފެނިގެން ދެއެވެ.