ބޮލީވުޑް ތަރި އަރތި ޗަބްރިއާ ހަނީމޫނުގެ ދުވަސްތައް ރާއްޖޭގައި ހޭދަކުރަމުން އެބަދެއެވެ.
އަރތި ޗަބްރިއާ އާއި ބައިވެރިޔާ ހަނީމޫން ހޭދަކުރަމުން އަންނަނީ މިރިހި އައިލެންޑް ރިޒޯޓުގައެވެ. އަރތި ޗަބްރިއާ ވަނީ އެރިޒޯޓުގެ ރީތި މަންޒަރުތަކެއް މީސްމީޑިއާގައި ހިއްސާކޮށްފައެވެ.
ބޮލީވުޑްގެ އެކްޓްރެސްއެއްގެ އިތުރުން މޮޑެލްއެއްގެ ގޮތުގައި ގިނަބައެއްގެ މަގުބޫލުކަން ހޯދައިފައިވާ އަރތި ޗަބްރިއާ ކައިވެނިކޮށްފައިވަނީ މިމަހު 24 ވަނަ ދުވަހު ބޭއްވި ޕްރައިވެޓް ހަފްލާއެއްގައެވެ. އަރތި ޗަބްރިއާ އިންޑިއާގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާގެ ހަޔާތުގެ ބައިވެރިޔާއަކީ އާއިލީ ރައްޓެއްސެއް ކަމަށާއި މިއީ އެރޭންޖްޑް މެރިޖް އެކޭ ބުނެވިދާނެ ކަމަށެވެ.