ސޯޝަލް ސެންޓަރު އިންޑޯ ހޯލް އޭސީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ޓެންޑަރ ބޯޑަށް ފޮނުވައިފިއެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސޯޝަލް ސެންޓަރު އިންޑޯ ހޯލު އޭސީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ޓެންޑަރ ބޯޑަށް ފޮނުވާފައިވާކަން ކަށަވަރުކޮށްދެއްވައިފައެވެ.
މަހުލޫފު ވިދާޅުވީ ވޮލީބޯޅަ، ބާސްކެޓްބޯޅަ އަދި ނެޓްބޯޅަ ފަދަ މުބާރާތްތައް ބާއްވަމުން އަންނަ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގެ ހޫނަގަދަ ވާހަކައަކީ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އެންމެ ބޮޑު ޝަކުވާ ކަމަށެވެ.
"ޝޯޝަލް ސެންޓަރު އޭސީ ކޮށްދޭނެ ފަރާތެއް ހޯދަން މިއަދު ވަނީ ޓެންޑަރ ބޯޑަށް ފޮނުވިފައިކަން އުފަލާއެކު އިއުލާންކުރަން." މަހުލޫފު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.