ޕްރިޔަންކާ ޗޯޕްރާ (ޕީސީ) އަދި ނިކް ޖޯނާސް އަކީ "އެޑޯރަބަލް" ކަޕަލްގެ ގޮތުގައި ލޭބަލް ވެފައިވާ ބައިވެރިންނެވެ. ދެބައިވެރިން އެކަކު އަނެކަކު ދެކެ ވާ ލޯބި ފޮޓޯ ތަކުންނާއި މީސް މީޑިއާގައި ހިއްސާކުރާ ޕޯސްޓުތަކުން ހާމަވެގެން ދެއެވެ.
އިއްޔެ ޔޮޓެއްގައި މިދެތަރިންނަށް ދިމާވި ހާދިސާ އަކީވެސް މީސް މީޑިއާގައި އެމީހުނަށް ތައުރީފު އޮހެމުން އަންނަ ކަމެކެވެ.
އންސްޓަގްރާމުގައި ދައުރުވާ ވީޑިއޯގައި ފެންނަނީ ޕީސީ އަރިއަޅާލާ މަންޒަރެވެ. ނަސީބަކުން ނިކް އަށް އޭނާ އަތުގައި ހުރި ތަށި އެއްލާލުމަށްފަހު ޕީސީގެ އަތުގައި ހިފައި އޭނާ ސަލާމަތް ކުރެވެއެވެ.
މި ވީޑިއޯއަކީ މިހާރު ނިކް އަދި ޕީސީ ޕެރިސްއަށް ކުރަމުން އަންނަ ދަތުރުގައި ގޮސް އުޅުނު ޔޮޓް ރައިޑެއްގައި ހިނގައިދިޔަ ހާދިސާއެއްގެ ވީޑިއޯއެވެ.
ދެބައިވެރިން ޕެރިސްއަށް ގޮސް އުޅެނީ ނިކްގެ ކޮއްކޮ ޖޯ ޖޮނާސް އަދި ހޮލީވުޑް ބަތަލާ ސޮފީ ޓާނާގެ ކައިވެންޏަށެވެ.