ބޮލީވުޑް

ބަތަލު އަދި ޕްރޮޑިއުސަރު އަދިތްޔަ ޕަންޗޯލީގެ މައްޗަށް ރޭޕުގެ ތުހުމަތު

ބަތަލު އަދިތްޔާ ޕަންޗޯލީ ބަތަލާއެއް ރޭޕް ކުރި ކަމުގެ މައްސަލައެއް މުމްބާއީ ފުލުހުން ބަލަން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަދިތްޔާ ބެހުނު ކަމަށް ތުހުމަތު ކުރާ ބަތަލާ ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ އުމުރުން 17 އަހަރުގައި އަދިތްޔާ އޭނާއާ ބެހިގެން އޭރު ފުލުހަށް މައްސަލަ ހުށަހަޅާފައިވާކަމަށެވެ. ނަމަވެސް އެއްވެސް އިންޒާރެއ ނުދީ އޭރު އަދިތްޔާ ވަނީ ދޫކޮށްލައިފައި ކަމަށެވެ.

މިކަމާ ގުޅޭ އިތުރު ތަފުސީލެއް އަދި ހާމައެއް ނުވެއެވެ. އަދިތްޔާގެ މައްޗަށް މި ތުހުމަތު ކޮށްފައިވަނީ ކޮން ބަތަލާއެއް ކަމެއްވެސް އަދި ނޭނގެއެވެ.

އަދިތްޔާ އެންމެ ފަހުން ފެނިފައިވަނީ 2015 ވަނަ އަހަރު ނެރުނު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު ބަޖިރާއޯ މަސްތާނީ ގައެވެ.