މަސްތުވާތަކެތި ގުދަންކޮށްފައި ބެހެއްޓުމަކީ މިސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނުން ލާޒިމުކުރާ އެންމެ މަދު މިންވަރުގެ ސާމްޕަލް ނޫނީ ރައްކާކޮށްފައި ބަހައްޓަން ނުޖެހޭ ކަމަށެވެ. މަސްތުވާތަކެތީގެ ޝިކާރައަކަށްވެ މުޖުތަމައު ހަލާކުވަމުންދާ ދިއުން ހުއްޓުވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވި އިރު، ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ "މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް" ފާހަގަކުރުމަށް އިއްޔެ ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި ތަފާތު 3156 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެތީގެ ތެރެއިން 416.9 ކިލޯގްރާމްގެ މަސްތުވާތަކެތި ވަނީ ނައްތައިލާފައެވެ.