ޕޮލިސް

ރެޑް ބޮކްސް ގެ އޮފީސް ފަޅާލައި ދެ ތިޖޫރި ވަގަށް ނަގައިފި

ރެޑް ބޮކްސް ފިހާރައިގެ އޮފީސް ފަޅާލައިގެން އެތަނުގެ ދެ ތިޖޫރީ ވަގަށް ނަގައިފިއެވެ.

ފުލުހުން މިއަދު ބުނީ ހެނދުނު 8:21 ހާއިރު އަބަދަށްފެހި މަގުގައި ހުންނަ ރެޑް ބޮކްސް ފިހާރައިގެ އޮފީސް ފަޅާލައި، ދެ ތިޖޫރީ ވަގަށް ގެންދިޔަ ކަމަށް ބުނެ، ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

ވަގަށްނެގި އެއް ތިޖޫރީގައި 4000 ރުފިޔާ ހުންނާނެ ކަމަށާއި އަނެއް ތިޖޫރީގައި ފައިސާ ނުހުންނާނެ ކަމަށް ބުނެފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.