އެސްޓީއޯ

ބޮޑު ޑިސްކައުންޓްތަކާއެކު އެސްޓީއޯ ވެއާހައުސް ސޭލް ފަށަނީ

ބޮޑު ޑިސްކައުންޓްތަކާއެކު އެސްޓީއޯ ވެއާހައުސް ސޭލް އަންނަ މަހު ފަށާނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

އެސްޓީއޯ އިން މިއަދު ބުނީ، އެކުންފުނިން އަންނަ ޖުލައި މަހުގެ 2 އިން 6 ގެ ނިޔަލަށް ވެއެއާހައުސް ސޭލްވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ އެހެން އަހަރުތަކެކޭ އެއްފަދައިން އަމީނީމަގު އެސްޓީއޯ ސުޕަމާޓް ގުދަން (7ނަންބަރ ކޮށި) ގައި ކަމަށެވެ.

ސޭލް އޮންނާނީ ކޮންމެ ރެއަކު 20:00 އިން 23:00 އަށް ކަމަށާއި މި ސޭލްގައި އިލެކްޓުރޯނިކް އައިޓަމްތައް ވަރަށް ހެޔޮއަގުގައި ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

އަދި މީގެ އިތުރުން މި ސޭލްގައި އެހެނިހެން ސާމާނު ވެސް ވަރަށް އަގުހެޔޮކޮށް ލިބެން ހުންނާނެއެވެ. އޭގެތެރޭގައި ފިލިޕްސް، ހިޓާޗީ، ނިޕޯން، މަކިޓާ އަދި ސުޕަމާޓުން ވިއްކާ ގޭތެރޭގެ ސާމާނާއި ބަދިގެއަށް ބޭނުން ވާ ތަކެތިވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

އަދި ސޭލްގެ ފަހު ދެދުވަސް ކަމަށްވާ ހުކުރު ހޮނިހިރުގައި ހަވީރު 16:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 23:00 ސޭލް ކުރިއަށް ދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދީފައިވެއެވެ.

ވެއެއާހައުސް ސޭލް ކުރިއަށްދާއިރު މިސޭލަށް ޒިޔާރަތް ކުރާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި އަދި ކޮންމެ ރެއަކު ގުރުއަތުން ނަސީބުވެރި ފަރާތެއް ހޮވިގެންދާނެ ކަމަށްވެސް ބުންޏެވެ.

އެސްޓީއޯއިން މައުލޫމާތު ދިން ގޮތުގައި އެކުންފުނިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ވެއާހައުސް ސޭލްއަށް ވަރަށް ބޮޑު ތަރުހީބެއް ލިބެއެވެ.