ސުޕްރީމް ކޯޓް

މެންބަރު ސައުދުﷲ ހިލްމީގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ

.

ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ޕީޕީއެމް އިން ވަކިވުމަށް މިދިޔަ އަހަރުގެ ޖުލައި 10ގައި ސައުދު ސިޓީ ލާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޖުލައި 13ގައި ޕީޕީއެމްއިން ވަކިވާން ސިޓީ ހުށަހެޅި ކަމުގެ މައުލޫމާތު އިލެކްޝަންސް އަށް ސިޓީއެއް މެދުވެރިކޮށް އަންގާފައި ކަމަށް ހުކުމްގައި ބުނެއެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ޕީޕީއެމްގެ މެމްބަރުކަމުން ވަކިވުމަށް ހުށަހަޅާ ދުވަހުން ފެށިގެން މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް ބަޔާންކޮށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

އެހެންކަމުން މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތްތަކުގެ ތެރެއިން އެއްވެސް ހާލަތެއް ސައުދުﷲ ދިމާވެފައި ނުވާ ކަމަށްވެސް އެ ހުކުމްގައި ބުނެފައިވެއެވެ.