ބޮލީވުޑް

ޝްރައްދާ އަކީ އެންމެ ބެސްޓް ޗޮއިސް: ސުޖީތް

ޝްރައްދާ ކަޕޫރު އަދި ބަހޫބަލީގެ ބަތަލު ޕްރަބާސް ލީޑް ރޯލުން ފެނިގެންދާ ފިލްމު ސާހޯގެ ޓީޒާ ރިލީސްކޮށްފިއެވެ.

ފިލްމަކީ އެކްޝަން ފިލްމެކެވެ. ޓީޒާއިން ފެނިގެން ދަނީ ޝްރައްދާވެސް އެކްޝަން ހުނަރުތަކެއް ދައްކުވައިދޭ މަންޒަރެވެ. ޝްރައްދާގެ މޮޅު އެކްޓިންއަށް ފިލްމުގެ ޑައިރެކްޓަރުވެސް ވަނީ ތައުރީފުކޮށްފައެވެ. އެގޮތުން ޑައިރެކްޓަރު ސުޖީތް ބުނީ ފިލްމުގައި ޝްރައްދާ ކުޅެނީ ލީޑް ރޯލު ކަމަށާއި އޭނާ އަކީ އެންމެ ބެސްޓް ޗޮއިސްކަމަށެވެ.

މީގެ އިތުރުން ފިލްމުގެ އެކި ކަހަލަ ސްޓަންޓްސް ތަކުގައިވެސް ޝްރައްދާ ބޮޑީ ޑަބަލްސްވެސް ބޭނުން ނުކުރާ ކަމަށާއި ހުރިހާ ބައެއް ކުޅުނީ ޝްރައްދާ އަމިއްލައަށް ކަަމަށް ސުޖީތްވަނީ ބުނެފައެވެ.

ފިލްމުގައި ޝްރައްދާ ކޮޕް އެވިއޭޓާ ކޮސްޓިއުމަކުންވެސް ފެނިގެން ދެއެވެ. ބޮލީވުޑްގައި މިހާރު ގަދަޔަށް ފިޔަޖަހަމުން އަންނަ ޝްރައްދާ އެވިއޭޓާ ކޮސްޓިއުމުގައި ބަލައިލުމަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންކަން މީސް މީޑިއާއިން އެނގެއެވެ.

މިއަހަރު ތެރޭގައި ޝްރައްދާގެ ގިނަ ފިލްމު ތަކެއް ރިލީސް ވާއިރު އޭގެ ތެރޭގައި "ސާހޯ" ގެ އިތުރުން "ސްޓްރީޓް ޑާންސާ" އަދި "ބާގީ 3" ވެސް ހިމެނެއެވެ.