ފުލުހުން މިހާރު ތަހުގީގު ކުރަމުން އަންނަ ދެ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.
މި ދެ މައްސަލައިގައި ފުލުހުން ހޯދަމުން އަންނަނީ ރ. ކަނދޮޅުދޫ، 28 އަހަަރުގެ އަލީ ޒަރީރު އަދި ޏ. ފުވައްމުލަކު ފެނފިނޮޅުގޭ 34 އަހަރުގެ މުސްލިމް އަބްދުﷲ އެވެ. މިދެމީހުންވެސް ފުލުހުން ހޯދަމުން އަންނަނީ ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ދެ މައްސަލައަކާއި ގުޅިގެންނެވެ.
މި ދެމީހުންނާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.