މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން

ފިނޭންސް މިނިސްޓްރީން ދެމުން އަންނަ މުހިންމު ހިދުމަތްތަކެއް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހިދުމަތް ދޭން ފަށައިފި

ފިނޭންސް މިނިސްޓްރީން ދެމުން އަންނަ މުހިންމު ހިދުމަތްތަކެއް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހިދުމަތް ދޭން ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ އެ މިނިސްޓްރީން ދެމުން އަންނަ މުހިންމު ހަ ހިދުމަތެއް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.

އެ ހިދުމަތްތަކުގެ ތެރޭގައި ފައިސާ ދައްކާ ފަރާތްތަކަށް އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ނޮޓިފިކޭޝަން ލިބޭނެ ނިޒާމާއި ދައުލަތުގެ މުވައްޒަފުންގެ ރަޖިސްޓަރީ އާއި ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން، ދައުލަތުގެ އެކައުންޓިން ސިސްޓަމުގައި ރަޖިސްޓަރީކުރާ ޕްރޮސެސް އޮޓޮމޭޓް ކުރުން ހިމެނެއެވެ.

އޭގެ އިތުރުން ދައުލަތުގެ ކުންފުނިތަކުގެ ގޭޓްވޭ އާއި ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ހިމެނޭ ޕޯޓަލް އަދި ސަރުކާރު އޮފީސްތަކުގެ ބަޖެޓަށް ބަދަލު ގެނައުމާއި، ބެޖެޓަށް ފައިސާ އިތުރުކުރުމާ ގުޅޭ މުހިންމު މޮޑިއުލް ވެސް ވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހިދުމަތް ދޭން ފަށައިފައެވެ.