ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް ނަޝީދާއި އުއްތަމަ ފަނޑިޔާރު، މަޖިލީހުގެ އިދާރާގައި މިއަދު ބައްދަލުކުރެއްވިކަން މަޖިލީހުގެ އިދާރާއިން ހާމަކުރެއްވި ނަމަވެސް، ބައްދަލުވުމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއްވައެވެ.
މަޖިލީހުގެ ރައީސް އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވާފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅުމާއި ގުޅިގެން ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމުން ތަންފީޒު ކުރުން ފަސްކުރުމަށް ސްޕްރީމް ކޯޓުން ނެރުނު އަމުރަށް އަމަލު ނުކުރުމަށް މަޖިލީހުންފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.