ކޮމެޑީ ފިލްމެއް ކަމަށްވާ ދޯސްތާނާގެ ސީކުއިލެއް ނެރެން ނިންމާފައިވާކަން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.
2008 ގައި ނެރުނު ފިލްމް ދޯސްތާނާ ގައި ފެނިގެން ދިޔަ ތަރީން ކަމުގައިވާ އަބީޝެކް ބަޗަން އަދި ޕްރިޔަންކާ ޗޯޕްރާ ފިލްމުން ފެނިގެން ދޭތޯ ގިނަ ބަޔަކު ސުވާލު އުފައްދާފައިވާއިރު، ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެނިގެން ދާނީ ޖޯން އާއެކު ރާޖްކުމާރު ރާއޯ އަދި ޖާންވީ ކަޕޫރެވެ.
އަންނަ އަހަރު މި ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ބުނެފައިވާއިރު، ފުރަތަމަ ފިލްމުގެ ޑައިރެކްޓަރު ތަރުން މަންޝުކާނީ ދެވަނަ ފިލްމު ޑައިރެކްޓް ނުކުރާނެކަންވެސް ވަނީ ބުނެފައެވެ.
މިވަގުތު ރާޖްކުމާރު ރާއޯ އަދި ޖާންވީ މަސައްކަތް ކުރަމުން އަންނަނީ ބިރުވެރި ޑްރާމާ ފިލްމެއް ކަމަށްވާ "ރޫހީއަފްޒާ" ގެ ޝޫޓިން ގައެވެ. މި ފިލްމު ރިލީސް ކުރަނީ އަންނަ އަހަރު މާޗް 20 ގައެވެ.