މުހައްމަދު އައުޒަމް
ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއަށްފަހު، ޕީޕީއެމް ބަލިކަށިވަމުންދާ މިދަނޑިވަޅުގައި ކުންފުނިތަކުގެ ވެރިންނާއި ގަދަފަދަ މިނިސްޓަރުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކޮބައިތޯ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ސުވާލު އުފައްދަވައިފިއެވެ.
ޔާމީން ރަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް މިހާރަށްވުރެ ބޮޑަށް ސިޔާސީވާން ޖެހޭ ހާލަތެއް ނާންނައިރު، މިއަދު އޭނާ އުފައްދާ ސުވާލަކީ ކުންފުނިތަކުގެ ވެރިންނާއި ގަދަފަދަ މިނިސްޓަރުންނާއި ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުން ކޮބައިތޯ ކަމަށެވެ.
އެ ޓްވީޓަށް ތާއީދު ކުރައްވައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވަނީ ރިޕްލައި ކުރައްވާފައެވެ.
ޔާމީން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ސަރުކާރެއްގައި މިނިސްޓަރުންނާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ސިޔާސީ މަގާމުތައް ހިމެނޭއިރު، އޭގެ ތެރެއިން ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ނަންނަގަވަމުން ދިޔަ ޑިޒިޝަންތަކާ މަޖިލިސް މެމްބަރުން މާބޮޑަށް ބެހި ނޫޅޭ ކަމަށެވެ.
އެ ޓްވީޓުގައި ޔާމީން ރަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން އުފުލަމުން ދަނީ މެމްބަރުންގެ ޒިންމާ ކަމަށް ވިދާޅުވެ އެކަމާ ނުބެހުމަށް ވެސް ގޮވާލައްވާފައެވެ.
ޔާމީން ރަޝީދު މިފަދައިން ވިދާޅުވިއިރު، އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގައި ސޮއިކުރައްވައިފައެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގައި ވެސް އޭނާ ވަނީ ސޮއިކުރައްވައިފައެވެ.