ޕޮލިސް

ކަނޑި އާއި ވަޅި ތަކަކާ އެކު މަރަދޫން ދެ މީހަކު ހައްޔަރުކޮށްފި

އެއް ކަނޑިއާއި ތިން ވަޅި އަދިވެސް ނުރައްކާތެރި ބައެއް ތަކެއްޗާ އެކު ސ. މަރަދޫން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އިން ބުނީ ކަނޑިޔާއި އިތުރު ބައެއް ހަތިޔާރާ އެކު ހައްޔަރުކުރީ އުމުރުން 18 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް ކަމަށެވެ.

ފުލުހުން ބުނީ، އެ ދެމީހުން ހައްޔަރު ކުރީ ހަތިޔާރު ގެންގުޅޭ ކަމަށް މިއަދު 11:30 ހާއިރު ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން ހިންގި ޚާއްސަ ސޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން މަރަދޫ ގެޔެއް ބަލައި ފާސްކުރުމުން ތޫނު ހަތިޔާރު ފެނުމާ ގުޅިގެންނެވެ.

އެގެއިން ފެނުނު ތަކެއްޗަކީ:

1 ކަނޑި

3 ވަޅި

1 ތިލަ

1 އިންޖެކްޝަން

1 ޕޮކެޓް ނައިފް

1 މާސްކް

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 6 ރަބަރު ޕެކެޓު

މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.