ބޫޓުތަކެއް ވަގަށްނެގި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އިއްޒުއްދީން މަގު، މާފަންނު ސަހަރާ ކައިރިން މިއަދު ހިނގާފައި ދިޔަ ދެމީހެއްގެ އަމަލުތައް ހުރި ގޮތުން ހުއްޓުވައި، ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސޭފްޓީ ދިހަ ބޫޓު ފެނިފައިވާ ކަމަށެވެ.
އެމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ.
ބޫޓުތަކެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މިއަދު ދެމީހަކު ހައްޔަރުކުރި އިރު، މިދިޔަ ހޮނިހިރު ދުވަހުގެރޭ ވަނީ ރެޑްވޭވް ފިހާރައިން ރީތިވާ ސާމާނުތަކެއް ވަގަށް ނެގި މައްސަލައެއްގައި، މޫނު ބުރުގާއަޅައިގެން ތިބި ދެ އަންހެނުން ހައްޔަރުކޮށްފައެވެ.
އެމީހުން ވަގަށް ނެގި ތަކެތި އަތުން ފެނިފައިވާއިރު އެތަކެތި ވެރިފަރާތާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.