ޕޮލިސް

އަންހެން އަދި ފިރިހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދިވެހި ލީޑިން ޓީޗަރަކު ހައްޔަރުކޮށްފި

1

އަންހެން އަދި ފިރިހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ލީޑިން ޓީޗަރަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރާން ފަށައިފި އެވެ.

ފުލުހުން މި ލީޑިން ޓީޗަރު ހައްޔަރުކޮށްފައި ވަނީ ޖެންޑާ މިނިސްޓްރީން މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން ފެއްޓި ތަހުގީގަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. ޖެންޑާ މިނިސްޓްރީން މިއަދު ބުނީ މި މައްސަލައިގެ މައުލޫމާތު ލިބުމާ އެކު ފުލުހުންނަށް އަންގާފައިވާ ކަމަށާއި މައްސަލައިގެ ތަހުގީގުގައި ފުލުހުންނާ ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުންގެ މީޑިއާއިން މިއަދު ބުނީ، މި މައްސަލައިގެ ރިޕޯޓު ލިބިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު ކަމަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ ލީޑިން ޓީޗަރަކީ 46 އަހަރުގެ ދިވެއްސެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެ ލީޑިން ޓީޗަރަކީ މެދުރާއްޖެ ތެރޭގެ ރަށެއްގެ ސްކޫލެއްގައި މަސައްކަތް ކުރާ ޓީޗަރެއް ކަމަށާއި އޭނާ އަންހެން އަދި ފިރިހެން ދަރިވަރުންނަށް އެކި ދުވަސް މަތީން ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ ކަމަށެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ލީޑިން ޓީޗަރު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ މިއަދުގެ ވަގުތެއްގައި ކަމަށާއި، މި ކަމާ ގުޅޭ މައުލޫމާތު އިއްޔެ އެޑިޔުކޭޝަން މިނިސްޓްރީއާ ވެސް ހިއްސާކޮށްފައި ވާނެ ކަމަށް ފުލުހުން ބުނެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟