ފިލްމު ދަޅަކް އިން މަގްބޫލުކަން ހޯދި ބަތަލާ ޖާންވީ ކަޕޫރު ފިލްމު ރޫހީއަފްޒީގެ ޝޫޓިން ފަށައިފިއެވެ.
ފިލްމުގެ ޝޫޓިން ގައި ޖާންވީ އުޅެނިކޮށް ނަގާފައިވާ ފޮޓޯތައް ވަނީ މީސްމީޑިއާގައި ވައިރަލްވެފައެވެ. ފޮޓޯތަކުން ފެންނަނީ ޖާންވީ އަޅި ކުލައިގެ ޖެކެޓެއްގައި ހުއްޓައެވެ. އޭނާގެ އިސްތަށިގަނޑު ހުރީ ގަތާލައިފައެވެ. ފޭޝަލް އެކްސްޕްރެޝަން އަށް ބަލައިލުމުން އޭނާ ފިލްމުގައި ކުޅޭ ރޯލަށް ގެއްލިފައިވާ ވަރު ފެނިގެންދެއެވެ. ފިލްމުގެ ޝޫޓިން ކުރިއަށް ދަނީ ރޫކްރީގައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމުގައި ޖާންވީ ކުޅެނީ ޑަބަލް ރޯލެވެ. ފިލްމުގައި ޖާންވީއާއެކު ލީޑް ރޯލުން ރާޖްކުމާރު ރާއޯ ފެނިގެންދާނެއެވެ. ފިލްމު ރިލީސް ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރު މާރޗް 20 ގައެވެ.