މިނިސްޓަރު އިމްރާން އަބްދުﷲ

ހަގީގީ އުފަލާއި ހިތްހަމަޖެހުން ލިބެން އޮތީ ސުވަރުގޭގެ ދޮރުކޮޅުތަކުގެ ތެރެއިން: އިމްރާން

ހަގީގީ އުފަލާއި ހިތްހަމަޖެހުން ލިބެން އޮތީ ސުވަރުގޭގެ ދޮރުކޮޅުތަކުގެ ތެރެއިން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ދަރިވަރުންނާއެކު އިމާމުވެ، މެންދުރު ނަމާދު ކުރެއްވުމަށްފަހު ދެއްވި ދަރުހުގައި ވާހަކަދައްކަވަމުންނެވެ.

ދަރިވަރުންނަށް ދެއްވި ދަރުހުގައި އިމްރާން ވިދާޅުވީ ދާއިމީ ހިތްހަމަޖެހުން ލިބިގަތުމަށްޓަކައި ނަމާދާއި އަޅުކަން ކުރުން ގިނަކުރަންޖެހޭ ކަމަށެވެ. އަދި ފައިސާއަކީ ހުރިހާ އުފަލެއް ގަނެވޭނެ އެއްޗެއް ނޫން ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިމްރާން ތިނަދުއަށް ވަޑައިގަތީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

މިނިސްޓަރުގެ މިދަތުފުޅަކީ ތިނަދޫގައި މިއަދު ފެށި އެތުލެޓިކްސް މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.