ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުންވެސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ޕްލާސްޓިކު ފުޅި ބޭނުންކުރުން ހުއްޓައިލައިފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ބުނީ، ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ގައުމީ ކެމްޕެއިންގައި ބައިވެރިވުމުގެގޮތުން، މިއަދުން ފެށިގެން ސުޕްރީމް ކޯޓުގައި ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލެވިފައިވާ ކަމަށެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލުމުގެގޮތުން ސުޕްރީމް ކޯޓުގެ ހުރިހާ މުވައްޒަފުންނަށް ފެން އަޅާ ރީޔޫސަބަލް ބިއްލޫރި ފުޅި މިހާރު ވަނީ ހަވާލުކޮށްފައެވެ.

ސަރުކާރުގެ ބައެއް އިދާރާތަކުގައި މިހާރު ވަނީ ޕްލާސްޓިކު ބޭނުންކުރުން ހުއްޓާލައިފައެވެ.