ޕޮލިސް

ގެއްލިގެން ހޯދާ 14 އަހަރުގެ ކުޑަކުއްޖާ އަދިވެސް ނުފެނޭ

މިދިޔަ އަންގާރަ ދުވަހު ގެއްލިގެން، ހޯދަން އިއުލާން ކުރި ކުއްޖާގެ އެއްވެސް ހަބަރެއް އަދިވެސް ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނިގޮތުގައި ގެއްލިގެން ހޯދަމުން އަންނަ ކުއްޖަކީ ދަފްތަރު ނަންބަރު ރސ 2997، ޝައިމް އަބްދުﷲ (14އ) އެވެ.

ފުލުހުން މިއަދު ބުނީ ކުއްޖާ ހޯދުމުގެ މަސައްކަތް ހުއްޓައިނުލައި އިކުރިޔަށް ގެންދާކަމަށެވެ.

މި ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ 9:29 ހާއިރުއެވެ.

ޝައިމް އަބްދުﷲއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް އެމައުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 3000600 އަށް ގުޅުމަށްފަހު އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.