މާލޭސިޓީގެ ޕަބްލިކް ޓޮއިލެޓެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމީހާ ފާހާނާ ތެރޭގައި މަރުވެފައިއޮތް ކަމުުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 10:30 އެހާކަންހާއިރު ކަމަށެވެ.
އެއީ ދިވެހި ފިރިހެނެއް ކަމަށާއި އުމުން 54 އަހަރުގެ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެމީހާގެ ހަށިގަނޑު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އޭޑީޚޭ ހޮސްޕިތަލާ ހަވާލާދީ ފުލުހުން ބުނީ އެމީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުންވެސް ޔަގީންކޮށްދީފައިވާ ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުނު މީހާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން ގެންދާކަމަށެވެ.