އަނޫރާގް ބާސޫގެ ލައިފް އިން އަ މެޓްރޯ އަކީ ބޮޑެތި ކާސްޓުން ލީޑް ގައި ހިމެނޭ ފިލްމެއްކަމުން ގިނަ ބައެއްގެ ޝައުގު މި ފިލްމަށް ވަނީ ހުއްޓިފައެވެ.
އަބީޝެކް ބަޗަން ލީޑުރޯލުން ފެނިގެންދާ މި ފިލްމްގައި އޭނާގެ ރޯލުގެ ޝޫޓިންތައް މިހާރު ވަނީ ފަށާފައެވެ. ފިލްމް ގެ ލީޑުން ފެންނާނެ ކަމަށް ހީކުރި ޕަރިނިތީ މިވަނީ ފިލްމުން ވަކި ވެފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޕަރިނިތީ ފިލްމުން ވަކިވީ އިތުރު އެހެން ފިލްމްތަކެއްގެ ވެސް މަސައްކަތް ކުރަމުން ދާތީ މި ފިލްމަށް ވަގުތު ދެވެން ނެތިގެންނެވެ. ޕަރިނިތީ ދަނީ "ޖަބާރިޔާ ޖޯޑީ" އަދި "ކެސާރީ" ފިލްމް ގެ މަސައްކަތް މިވަގުތު ކުރަމުންނެވެ.
އަކްޝޭ ކުމާރު ވެސް ލީޑު ރޯލުން ފެނިގެންދާ "ކެސާރީ" ފިލްމަކީ މި އަހަރު ކުރީކޮޅު ސެޓްގައި ރޯވުމުގެ ސަބަބުން ހުއްޓިފައި އޮތް ފިލްމެވެ. އެފިލްމްގައި އަދި 15 ދުވަހުގެ ޝޫޓިން ބާކީ އޮތްއިރު ފިލްމްގެ ޕްރޮޑިއުސަރުން އަންނަނީ ވީހާވެސް އަވަހަކަށް ފިލްމް ނިންމުމުގެ މަސައްކަތް ކުރެވޭތޯ ބަލަމުންނެވެ.