ޕޮލިސް

މޫނު ބުރުގާ އަޅައިގެން، ރެޑް ވޭވް ފިހާރައިން ވައްކަންކުރި ދެ އަންހެނުން ހައްޔަރުކޮށްފި

މޫނު ބުރުގާ އަޅައިގެން ތިބި، ދެ އަންހެނަކު ރެޑްވޭވް ފިހާރައިން ވައްކަންކުރި މައްސަލައިގައި ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިރޭ 10:10 ހާއިރު މަޖީދީ މަގު، ގަލޮޅުގައި ހުރި ރެޑްވޭވް ފިހާރައިން ވައްކަން ކުރި މައްސަލައިގެ ތުހުމަތުގައި ދެ އަންހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.

އެސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.