ބޮލީވުޑް

އެންމެ ފަހުން ވޯންޓަޑް 2 ވެސް އުފައްދަނީބާ؟

ސަލްމާން ޚާން އަކީ ބޮލީވުޑްގެ އެންމެ މަގުބޫލު އެއްތަރި އެވެ. މިދޭތެރެއަކުން ސަލްމާންގެ ކެރިއާ ކުޑަކޮށް ދަށަށް ދިޔަ ނަމަވެސް އަނެއްކާވެސް މިހާރު މިވަނީ ބޫސްޓްވެފައެވެ.

2009ގައި ނެރުނު ފިލްމު ވޯންޓަޑް އަކީ ސަލްމާން އަށް ބޮޑު ކާމިޔާބީއެއް ލިބިގެން ދިޔަ ފިލްމެކެވެ. ޕްރަބޫދޭވާ ޑައިރެކްޓްކޮށްފައިވާ އެ ފިލްމުގައި އަޔޭޝް ޓަކާއިއާ، ޕްރަކާޝް ރާޖް އަދި ވިނޯދް ކަންނާ މުހިންމު ރޯލުން ފެނިގެން ދިޔައެވެ.

އޭގެ ފަހުން މިދިޔަ އަހަރުތަކުގައިވެސް ވޯންޓެއް ގެ ދެވަނަ ބައެއް ނެރޭނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. ނަމަވެސް އެކަން ރަސްމީއެއް ނުވެ އެވެ.

ސަލްމާން މިހާރު މަސައްކަތް ކުރަމުން އަންނަނީ ފިލްމު ޑަބަންގް 3 ގެ ޝޫޓިންގައެވެ. އެ ފިލްމުވެސް ޑައިރެކްޓް ކުރަނީ ޕްރަބޫދޭވާއެވެ. ނޫސްވެރިޔަކު ޕްރަބޫދޭވާ އަށް ކުރި ސުވާލަކަށް ޖަވާނު ދެމުން އޭނާ ބުނި ގޮތުގައި އަދި ވޯންޓަޑް 3 އުފެއްދުމުގެ ޕްލޭނެއް ނެތް ނަމަވެސް ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް ބުނަން ނޭނގޭ ކަމަށެވެ.