ބޮލީވުޑް

ސާރޭ ޖަހާން ސެ އައްޗާގެ ލީޑް ރޯލުން ޝާހުރުކް ޚާން

އެސްޓްރޮނަޓް ރާކޭޝް ޝަރްމާ ގެ ބައޯޕިކް އަށް ހަދާ ފިލްމާ ގުޅޭ ގޮތުގް ތަފާތު ވާހަކަތައް ވަނީ ފެތުރިފައެވެ.

ކުރިން ފިލްމްގެ ނަމަކަށް "ސެލިއުޓް" ކީ އިރު މިހާރު ފިލްމްގެ ނަން ވަނީ "ސާރޭ ޖަހާން ސެ އައްޗާ' އަށް ބަދަލުކޮށްފައި ކަމަށް ފިލްމް ގެ ކޯ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ވަނީ ބުނެފައެވެ.

ފިލްމްގެ ލީޑު ރޯލުން، އެސްޓްރޮނެޓެއްގެ ސޫޓް ލައިގެން ސްޕޭސްއަށް ދަނީ ޝާހުރުކް ޚާން ކަމަށް އަޑު ފެތުރިފައިވިއަސް އެކަން ވެސް ޔަގީނެއް ނުވެ އެވެ. ރޯނީ ވަނީ ޝާހު މި ފިލްމްގެ ލީޑް ރޯލުން ފެންނާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

ރޯނީ އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މި އަންނަ އަހަރުގެ ކުރީކޮޅު ފިލްމްގެ ޝޫޓިންވެސް ފެށިގެންދާނެ އެވެ.

މަހޭޝް މަތާއި ޑައިރެކްޓްކޮށް، ސިދާތް ރޯއީ ކަޕޫރު ކޯ ޕްރޮޑިއުސް ކުރާ މި ފިލްމްގެ އަންހެން ލީޑުން ފެނިގެން ދާނީ ބުނީ ޕެޑްނޭކަރު އެވެ.

ކުރިން މި ފިލްމްގެ ލީޑް ރޯލު ކުޅެން އޮތީ އާމިރު ޚާން އާއި ޕްރިޔަންކާ ޗޯޕްރާ އެވެ. ނަމަވެސް އާމިރު ފިލްމް ނުކުޅޭ ގޮތަށް ނިންމުމުން ފިލްމްގެ ކާސްޓުން ވަނީ ބަދަލު ކޮށްފައެވެ.