ބޮލީވުޑް

އިންޝާﷲ އަކީ ޖަބް ޕިޔާރު ކިސީސޭ ހޯތާހޭގެ ކޮޕީއެއް؟

ސަންޖޭލީލާ ބަންސާލީ ޑައިރެކްޓް ކުރާ ފިލްމު އިންޝާﷲ އަކީ ސަލްމާން ޚާން އަދި އާލިޔާ ބަޓް ލީޑް ރޯލުން ފެނިގެންދާ ލޯބީގެ ފިލްމެކެވެ.

ފިލްމުގައި ސަލްމާން ކުޅެނީ 40 އަހަރުގެ ވިޔަފާރިވެރިއެއްގެ ރޯލެވެ. އެއީ އޯލެންޑޯ ފްލޮރިޑާ ގައި އުޅޭ މީހެކެވެ. މި ފިލްމުގައި ސަލްމާން ފެންނާނީ ވަރަށް ސްޓައިލިޝްކޮށެވެ.

އާލިޔާ ކުޅެނީ 20 އަހަރުގެ ބަތަލާއަކަށް ވުމަށް މަސައްކަތް ކުރާ މީހެއްގެ ރޯލެވެ. އޭނާ ދިރިއުޅެނީ ގަންގާ ކޯރު ކައިރީގައެވެ.

މިދެ ބައިވެރިންގެ އޮންސްކްރީން ރޮމޭންސް ބެލުމަށް ގިނަ ބަޔަކު ކެތްމަދުވެފައިވާއިރު، ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމުގެ ވާހަކަ ސަލްމާން އަދި ޓްވިންކަލް ކަންނާ އެކީގައި ކުޅެގައިވާ "ޖަބް ޕިޔާރު ކިސީ ސޭ ހޯތާ ހޭ" އާ ވަރަށް ވައްތަރެވެ.

90ގެ އަހަރު ތަކުގައި ނެރުނު އެ ފިލްމުގައި ސަލްމާން ކުޅެފައިވަނީ ކުރިން ބުނި ކަހަލަ ރޯލެކެވެ. އެފިލްމުގައި އޭނާ އަކީ އަންހެނުންނަށް މާބޮޑު އަދަބު އިހުތިރާމެއް ނުކުރާ މީހެއްގެ ގޮތުގަ އެވެ. ނަމަވެސް އެ ކެރެކްޓަރުގެ ދިރިއުޅުން ބަދަލު ވެގެން ދިޔައީ ޓްވިންކަލް އާ ބައްދަލު ވުމަށްފަހުއެވެ. އޭނާގެ ކާފަގެ ފަރާތުން ޓްވިންކަލް ހޯދުމަށް ނަސޭހަތް ލިބިގެންދެއެވެ.

އިންޝާﷲ ރިލީސް ކުރުމަށް ހަމަޖެހިފައިވަނީ 2020ގެ ކުޑަ އީދުގައެވެ.