ރައްޔިތުންގެ މަޖިލިސް

އިބޫ ހުވާކުރައްވާ ދުވަހަކީ ނޮވެމްބަރު 17 ކަމަށް ކޮމެޓީން ފާސްކޮށްފި

މުހައްމަދު އައުޒަމް

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރައްވާ ދުވަހަކީ ނޮވެމްބަރު 17 ކަމުގައި ކޮމެޓީން ފާސްކޮށްފިއެވެ.

ހަތް މެމްބަރުންގެ ކޮމެޓީން އެގޮތަށް ފާސްކޮށްފައި ވަނީ މީގެކުޑަވަގުތުކޮޅެއް ކުރިންނެވެ. އެ މައްސަލަ ކޮމެޓީއަށް ފޮނުވާފައި ވަނީ މިއަދު ހެނދުނު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

1. އަބްދުﷲ ޝާހިދު - ހެންވޭރު އުތުރު ދާއިރާ

2. ރޮޒެއިނާ އާދަމް - އައްޑޫ މީދޫ ދާއިރާ

3. އަލީ އާރިފު - ކެލާ ދާއިރާގެ މެންބަރު

4. އަހުމަދު އާމިރު - ކުޑަހުވަދޫ ދާއިރާގެ މެންބަރު

5. މުހައްމަދު ހުސެއިން - ކަނޑިތީމު ދާއިރާގެ މެންބަރު

6. ހުސެއިން މުހައްމަދު - މަތިވެރި ދާއިރާ

7. ރިޔާޒް ރަޝީދު - ވިލުފުށީ ދާއިރާ

ކޮމެޓީގެ ނިންމުމަށް ވޯޓަށް އެހުމަށްޓަކައި ބާއްވާ މަޖިލީހުގެ ޚާއްސަ ޖަލްސާ ހަވީރު 4:00 ގައި ބާއްވަން ވަނީ ނިންމާފައެވެ