ރައްޔިތުންގެ މަޖިލިސް

އިންތިޚާބީ ރައީސް ހުވާކުރާނެ ދުވަސް ކަނޑައަޅަން މިއަދު ޖަލްސާއެއް ބާއްވަނީ

މުހައްމަދު އައުޒަމް

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރާނެ ދުވަހެއް ކަނޑައަޅަން މިއަދު ހަވީރު 4:00 ގައި ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

މިއަދު ހެނދުނު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނައިބު ރައީސް މޫސާ މަނިކު ވަނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރައްވާނެ ދުވަހެއް ކަނޑައެޅުމާ ގުޅޭ މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ. އެ މައްސަލަ ވަނީ ދިރާސާ ކުރުމަށްޓަކައި ހަތް މެމްބަރުންގެ ކޮމެޓީއަކަށް ފޮނުވާފައެވެ.

ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

1. އަބްދުﷲ ޝާހިދު - ހެންވޭރު އުތުރު ދާއިރާ

2. ރޮޒެއިނާ އާދަމް - އައްޑޫ މީދޫ ދާއިރާ

3. އަލީ އާރިފު - ކެލާ ދާއިރާގެ މެންބަރު

4. އަހުމަދު އާމިރު - ކުޑަހުވަދޫ ދާއިރާގެ މެންބަރު

5. މުހައްމަދު ހުސެއިން - ކަނޑިތީމު ދާއިރާގެ މެންބަރު

6. ހުސެއިން މުހައްމަދު - މަތިވެރި ދާއިރާ

7. ރިޔާޒް ރަޝީދު - ވިލުފުށީ ދާއިރާ

އެ ކޮމެޓީގެ ބައްދަލުވުން މިހާރު ކުރިއަށް އެބަދެއެވެ. އެނގިފައިވާގޮތުގައި ހަވީރު 4:00 ގެ ކުރިން އެ ކޮމެޓީގެ މަސައްކަތް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.